ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމަށް އަލް އަސްރާއެކު ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. އަދި އަލް އަސްރުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ސަމޫހް އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، އަލް އަސްރު ޖަމިއްޔާއިން ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމުގެ އިތުރުން ދީނީ ދަރުސްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ހަފްތާއަކު ފަސް ދުވަހު، ދުވާލަކު ހަތަރު ގުރުއާން ސެޝަން ކުރިއަށް ގެންދެވޭނެއެވެ. ކޮންމެ ސެޝަނެއްގައި 15 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ކްލާސްތަކުގައި ކިޔަވައިދޭނެ ޓީޗަރުން ހަމަޖެއްސުމާއި އެ ފަރާތްތައް ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އަލް އަސްރު ޖަމިއްޔާއިންނެވެ. މިއީ އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ދީނަށް ލޯބިކުރާ މުޖްތަމައެއް ބިނާކުރުމަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތެކެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް މުޖްތަމަޢުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގްރާމްތައް ހިންގުމަކީ އެ ކޯޕަރޭޝަންގެ އަމާޒެކެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ