ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ބޮޑުވެ، އެޓެސްޓޭޝަން އުސޫލެއް އެކުލަވާލައިފި

Advertisement

އެންމެ ފަސް

Advertisement

ވަގު ސެޓްފިކެޓްތަކުގެ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ދޫކުރާ ލިޔެކިޔުންތަކުގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖެހުމާ ގުޅޭ އައު އުސޫލެއް އެކުލަވާލައި ގެޒެޓް ކޮށްފިއެވެ.

މި އައު އުސޫލުގެ ދަށުން، އެމް.ކިއު.އޭ އިން ދޫކުރާ އެއްވެސް ލިޔެކިޔުމެއްގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާނީ ހަމައެކަނި އެމް.ކިއު.އޭ އިންނެވެ. މިއީ ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހުއްޓުވުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

އެމް.ކިއު.އޭ އިން މިކަމާ ގުޅޭގޮތުން ހާމަކޮށްފައިވާ ގޮތުގައި، މި އުސޫލާއެކު އެ އޮތޯރިޓީން ދޫކުރާ ލިޔެކިޔުންތައް އިތުރު ފަރާތެއްގެ އެޓެސްޓޭޝަން ހޯދުމަކާ ނުލައި ވަޒީފާތަކަށް ކުރިމަތިލުމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭނެއެވެ. އަދި މި ލިޔެކިޔުންތައް ހޯދުމަށް އެދޭ ފަރާތްތަކުން އެމް.ކިއު.އޭގެ ވެބްސައިޓުން ލިބެންހުންނަ ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.

އެމް.ކިއު.އޭ އިން ދޫކުރާ ލިޔުންތަކުގެ ތެރޭގައި ކޮލިފިކޭޝަން ރިކޮގްނީޝަން އެންޑް ވެލިޑޭޝަން، ކޮލިފިކޭޝަން އެސެސްމެންޓް، ރިކޮގްނީޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް އަދި ސެކަންޑް ކޮޕީ އޮފް އަ ވެލިޑޭޓެޑް ކޮލިފިކޭޝަންގެ އިތުރުން ފޯމު 1 އާއި ފޯމު 2 ގެ ޖަވާބު ހިމެނެއެވެ. އަދި މި އުސޫލުގެ ދަށުން، ކުރިން އެމް.ކިއު.އޭ އިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައިވެސް އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް އެދެވޭނެއެވެ.

މިކަމަށް އެދޭ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފޯމު މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ