ފުލުހުންގެ ހާއްސަ އޮަޕަރޭޝަނެއް މާލޭގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މާލޭގައި މިއަދު ކުރިއަށްގެންދަން ފަށައިފި އެވެ.

މި އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން އަންނަނީ ފުލުހުންގެ ސްވޮޓް ޓީމެވެ. މިއީ އާންމުކޮށް ޓެރަރިޒަމް ފަދަ ސީރިއަށް މައްސަލަތަކުގައި ހަރަކާތްތެރިވާ ޓީމެކެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ، ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި، މާލޭގައި ފުލުހުން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތު މީޑިއާއަށް ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މިފަދައިން ބުނިނަމަވެސް، މިއީ ޓެރަރިޒަމްގެ މައްސަލައެއްގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެގޮތުން މި އޮޕަރޭޝަންގައި މާލޭގެ އޯކިޑްމަގުގައި ހުރި ގޯޑައުންއެއް އަދި މާފުށީ ޖަލުގެ ބައެއް ގޮޅިތައް ބަލާފާސްކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިފަހުން ފުލުހުން ވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާޅެ ރެހެނދި ސްކޫލުގައިވެސް ހަރަކާތްތެރިވެފަ އެވެ.

މީގެއިތުރުން ޤައުމީ ސަލާމަތާ ބެހޭ ބޮޑު އޮޕަރޭޝަނެއް ސިފައިންނާއި ފުލުހުން ގުޅިގެން މާޗް 10 ވަނަ ދުވަހު ވަނީ މާލޭ އަދި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ. މާޗް 10 ވަނަ ދުވަހުގެ އޮޕަރޭޝަންގައި 3 މީހަކު ހައްޔަރުކޮށް ދައުވާވެސް ކޮށްފައިވެ އެވެ.

މާޗް 10 ގެ ޤައުމީ ސަލާމަތާ ބެހޭ ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރީ:

  1. ސ. މަރަދޫ، ފިނިފެންމާގެ / އިބްރާހިމް ވިސާމް
  2. ގދ. ނަޑެއްލާ، ހިތަށްފިނިވާގެ / ސައުސަން ރަޝީދު
  3. މ. އެޗީވް / އަބްދުﷲ ހުވައިރިޘް ބިން މުހައްމަދު

މި ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހަނގުރާމައަށް ދާއުޅުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ހަނގުރާމައަށް މީހަކު ފޮނުވުމަށް މަސައްކަަތް ކުރުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ ހިމެނެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ޓެރަރިޒަމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ