މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަމުންދާ މީހަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ފެންނަ ފަރާތަކީ ސައިބަރ ކްރައިމް ސެންޓަރުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއްކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މި މައްސަލައިގައި އެ ފަރާތުގެ ކާކުކަން އަދި ދެނެގަނެވިފައި ނުވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން ހާމަކުރި ވީޑިއޯ ފޫޓޭޖްގައި ފެންނަނީ ކަޅު ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރި މީހެއް އޭޓީއެމް ބޭނުންކުރަމުންދާ މަންޒަރެވެ. އެ ވީޑިއޯގައި އޭނާ ފޯނެއް ކަންފަތުގައި ޖަހައިގެން ހުރިއިރު، އޭނާގެ މޫނުމަތި ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ.

މި މައްސަލައާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން، އެ މަޢުލޫމާތު ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9636262 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރަމުން، އެކަމަށްޓަކައި ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ