އޮފީސް ހިންގާނެ އިމާރާތެއް ނެތުމުން ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ވަގުތީގޮތުން ބަންދުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އޮފީސް ހިންގާނެ އިމާރާތެއް ހަމަނުޖެހުމުން މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ މިއަދު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ސްކައުޓް އެސޯސިއޭޝަން ހިންގަމުން އަންނަ ކުރީގެ އަރަބިއްުޔާ ސްކޫލުގެ އިމާރާތް ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އެސޯސިއޭޝަނަށް އަންގާފަ އެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވި ގޮތުގައި، މިއަދުގެ ނިޔަލަށް އިމާރާތް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ އެ އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ނަމަވެސް، އެސޯސިއޭޝަން ހިންގުމަށް އެހެން އިމާރާތެއް އަދި ހަމަނުޖެހޭތީ، ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ސްކައުޓް އޮފީސް ހިންގަމުން އަންނަނީ ޗާންދަނީ މަގުގައި ހުންނަ ކުރީގެ އަރަބިއްޔާ ސްކޫލްގެ އިމާރާތުގަ އެވެ. އެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ވެފައި ހުރުމުގެ ސަބަބުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލްގައި ކިޔަވައިދިނުން ވަނީ ހުއްޓާލާފަ އެވެ.

ސްކައުޓް އެސޯސިއޭޝަނުން ނެރުނު ނޯޓިސްގައި ބުނެފައިވަނީ ”އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ“ އެވެ. އަދި މި ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް އެ ނޯޓިސްގައި ބަޔާންކޮށްފައިވެ އެވެ.

ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަމުން އައީ ސްކައުޓްގެ އޮފީހުގައި ހުންނަ ފިހާރައިން ކަމަށްވުމާއެކު، މި ފިހާރަ ބަންދުވުމުން ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ.

ސްކައުޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ