ބިން ހޯދުމަށްފަހު ދެ އަހަރުގެ ތެރޭގައި މިސްކިތް ނިންމަންޖެހޭ ގޮތް ހަދައިފި

Advertisement

އެންމެ ފަސް

Advertisement

އަމިއްލަ ފަރާތްތަކުން މިސްކިތް އެޅުމަށް ބިން ހޯދުމަށްފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި ގިނަ ދުވަސްތަކެއް ވަމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އައު އުސޫލެއް އެކުލަވާލައިފިއެވެ.

އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނީ، މިފަދަ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެކުލަވާލި އުސޫލުގެ ދަށުން، މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.

އައު އުސޫލުގެ ދަށުން، މިސްކިތް އެޅުމަށް ބިން ލިބޭތާ ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ފެށުން ލާޒިމުކޮށްފައިވެއެވެ. އަދި މި މުއްދަތުގައި މަސައްކަތް ނުފަށައިފިނަމަ، އެ ބިން އަނބުރާ އަތުލެވޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން، މިސްކިތް އެޅުމަށް ކުރިމަތިލާ ފަރާތްތަކުން މަސައްކަތް ފެށުމުގެ ކުރިން، މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަން ނުވަތަ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރަންޖެހޭނެއެވެ. އަދި މިސްކިތް ބިނާކުރުމަށްފަހު އެތަން ސަރުކާރާ ހަވާލުކުރަންޖެހޭނެއެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، މިސްކިތުގައި އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް ނުހިންގޭނެއެވެ. އަދި އަމިއްލަ މުދާ ގުދަންކުރުން ފަދަ ކަންކަމެއްވެސް ނުކުރެވޭނެއެވެ.

މިހާރުވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގަ އަމިއްލަ ފަރާތްތަކުން އިމާރަތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތް ނުނިމި އެބަހުރިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ