ރާއްޖޭގެ ތަރައްގީގައި އަގުހުރި ހިދުމަތްތަކެއް ޕޯސްޓުން ފޯރުކޮށްދީފައިވޭ: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ތަރައްގީގައި ޒަމާންތަކަކަށް ދެމި ހުންނާނެ އަގުހުރި ހިދުމަތްތަކެއް ޕޯސްޓްގެ ޒަރީއާއިން ފޯރުކޮށްދެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 119 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުވާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ފޯރުކޮށްދީފައިވާ ކަމަށެވެ.

”މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ. ޕޯސްޓް ޚިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން ދަންނަވަން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

1906 ވަނަ އަހަރު ފެށުނު ޕޯސްޓް އޮފީހުގެ ޚިދުމަތްތައް، މިއަދު ވަނީ ފުޅާވެ ތަރައްގީވެފައެވެ. ޚާއްސަކޮށް 1994 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޖެންސީ ޕޯސްޓް އޮފީސްތައް ގާއިމުކުރުމަށްފަހު، އެ މުއައްސަސާގެ ޚިދުމަތްތައް ވަނީ އިތުރަށް ފުޅާވެފައެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާއެވެ. މި މުއައްސަސާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ސިޓީއާއި ޕާރުސަލް ފޮނުވުމުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް އީ-ކޮމާސް އަދި ކޫރިއަރ ޚިދުމަތްތައްވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕޯސްޓް އޮފީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ