ހުޅުމާލޭގެ ރަށު މާރުކޭޓު ގޮޅި ކުއްޔަށް ދޫކުރަން ނިންމައި އެ ގޮޅިތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ހިފުމަށް ޝައުގުވެރިކަން ފާޅުކޮށް މިހާރު ފޯމު ހުށަހެޅޭނެ ކަމަށެވެ. އެކަމަށް އެދި ހުށަޙަޅަން ޖެހޭ ފޯމު އެޗްޑީސީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުށަހަޅާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ.
ގޮޅި ދޫކުރަނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށްވެސް އެޗްޑީސީއިން ބުނެފައިވެ އެވެ. އެޗްޑީސީއިން ބުނީ، ގުުރުއަތު ނެގުމަށް ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ފަހުގެ ތާރީހެއްގައި އިއުލާންކުރެވޭނެ ކަމަށެވެ.
