ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެރަށުގެ ބިން ނުހިއްކަން ރައީސް ނިންމަވައިފި

Advertisement

އެންމެ ފަސް

Advertisement

ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ.

ރަށްޔިތުން ބޭނުން ނުވާކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށާއި، މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އަދި ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދު ވެވަޑައިގެންނެވިކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އެ ވައުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް، ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

”އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ. އޮގަސްޓު 13، ގައި އެ މަޝްރޫއުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ދަތުރުގަ އެވެ.

ދޮންފަނުގެ ބިން ހިއްކުމާއި ދެކޮޅަށް ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އަޑުއުފުލަމުންނެވެ. އެއީ ދޮންފަނުގެ ބިން ހިއްކައިފިނަމަ އެ ރަށާ ޖެހިގެން އޮންނަ ހަނިފަރު ސަރަހައްދަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެވެ. ހަނިފަރު ބޭ އަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. ދޮންފަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ