ޔޫރަޕުގެ މަޝްހޫރު ބްރޭޑް އެއް ކަމައްވާ ސްވީޓް ޕްލަސް އަދި ކާމެއްލާ ބްރޭޑްގެ އުފެއްދުންތައް އޯބިޓް ޖެނެރަލް ޓްރޭޑް އިން ރާއްޖެއަށް ގެނެސްފި އެވެ.
ސްވީޓް ޕްލަސް އަދި ކާމެއްލާ ބްރޭންޑަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަގުބޫލުކަން ލިބިފައިވާ ދެ ބްރޭންޑެވެ. އޯބިޓް ފިހާރައިން މި ދެ ބްރޭންޑްގެ ޗޮކްލެޓް ޗިޕްސް ކުކީސް، ސޭންޑްވިޗް ބިސްކަޓް، ޝުގާ ފްރީ ޗޮކްލެޓް ސްޕްރެޑް، ޗޮކްލެޓް ވެފަރ ކޭކް އަދި އައިސްކްރީމް ވެފަރ ކޯން ވަނީ ބާޒާރަށް ނެރެފަ އެވެ.
އޯބިޓް ޖެނެރަލް ޓްރޭޑިން ގެ އޯނާ މަސްއޫދު އިބްރާހިމް ”ޖަވިޔަނި“ އަށް ވިދާޅުވީ އެ ފިހާރައިން ލިބެން ހުންނަ ސްވީޓް ޕްލަސް ބްރޭންޑް ގެ ބެލިވާ ޝުގާ ފްރީ ކޮކޯ ކްރީމް އަކީ ވަރަށް މީރު ޗޮކްލެޓް ސްޕްރެޑް އެއް ކަމަށެވެ. މިއީ ޝުގާ ފްރީ ޕްރޮޑަކްޓް އަކަށް ވުމުން ހަކުރު މައްސަލަ ހުންނަ ފަރާތްތަކަށް ވެސް މި ޗޮކްލެޓް ސްޕްރެޑް ބޭނުންކުރެވޭނެ ކަމަށާއި މިއީ ސުކޫލު އިންޓަވަލްއަށް އަދި އެކި ހަފްލާތަކަށް ވެސް ބޭނުންކޮށްލަން ރަނގަޅު ޗޮކްލެޓް ސްޕްރެޑް އެއްކަމަށްވެސް ވިދާޅުވި އެވެ.
އޯބިޓް ފިހާރައިން ލިބެން ހުންނަ ސްވީޓް ޕްލަސް އައިސް ކޯން އަކީ ތަފާތު އައިސްކޯނެއް ކަން ފާހަގަކޮށް މަސްއޫދު އިބްރާހިމް ވިދާޅުވީ މި އައިސް ކޯން ތައާރަފްކުރީ މިއީ އައިސް އަލަމާރިއަށް ލާން ނުޖެހޭ އައިސްކޯނަކަށް ވެފައި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައިވެސް ފަސޭހަވާނެތީ ކަމަށެވެ. އަދި ކާމެއްލާ ބްރޭންޑް ގެ ބިސްކޯދަކީ ވެސް އޯބިޓް ފިހާރައިގައި ހުންނަ ފާހަގަކޮށްލެވޭ ބިސްކޯދެކެވެ. މި ބްރޭންޑް ގެ ބިސްކޯދަކީ ސުކޫލު އިންޓަވަލް އަށް، ސައި އަދި ކޮފީ އާއެކު ވެސް ބޭނުންކޮށްލަން ވަރަށް މީރު ބިސްކޯދެއް ކަމަށް މަސްއޫދު އިބްރާހިމް ވިދާޅުވި އެވެ.
މި ހުރިހާ ބާވަތެއްގެ ތަކެތި އޯބިޓް މެދުވެރިކޮށް ގިނަ ފިހާރަތަކަކުން ލިބެން ހުންނާނެކަން ވެސް މަސްއޫދު އިބްރާހިމް ފާހަގަކުރެއްވިއެވެ.
އޯބިޓް ޖެނެރަލް ޓްރޭޑިން ގެ ހޯލްސޭލް އަދި ރީޓެއިލް ފިހާރަ ހުރެ އެވެ. ހޯލްސޭލް ފިހާރަ ހުންނަނީ މަޖީދިއްޔާ ސުކޫލުގެ ފަސް ވަނަ ގޭޓުގެ ކުރި މަތީގަ އެވެ. އަދި ރީޓެއިލް ފިހާރަހުންނަނީ އެސްޓީއޯ ސުޕަމާކެޓް ފުރަގަހުގަ އެވެ.
