ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުން ވަކިކުރި ހުސައިން ފަހުމީ، ރައީސް އޮފީހުގެ މިނިސްޓަރުން ފެންވަރުގެ މަގާމަކަށް އައްޔަނުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގެ މިނިސްޓަރުން ފެންވަރުގެ މަގާމަކަށް ފަހުމީ ވަނީ އައްޔަނުކޮށްފަ އެވެ. އެގޮތުން ފަހުމީ އައްޔަނުކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ސްޓެލްކޯގައި 27 އަހަރު ޚިދުމަތް ކުރެއްވި ފަހުމީ ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ އައްޔަނުކުރީ 2023 ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. ފަހުމީ މަގާމުން ވަކިކުރިކަން ޕީސީބީން ހާމަކުރީ އިއްޔެ އެވެ.
ފަހުމީގެ ބަދަލުގައި ސްޓެލްކޯގެ އެމްޑީގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިފްކޯގެ ކުރީގެ އެމްޑީ އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޝަމާޙް ރަޝީދެވެ.
