ކުރީގެ މަޖިލިސް މެންބަރުންނާއި ރައީސުންނަށް ދެމުންދާ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންނާ ހިއްސާކުރައްވައިފި އެވެ.
ސޯޝަލްމީޑިއާގައި މިދުވަސްވަރު އަންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންދާ އެކި އިނާޔަތްތަކުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. އެގޮތުން މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންދާ ހެލްތް އިންޝުއަރެންސްއާއި 55 އަހަރުވުމުން ލިބޭ އިނާޔަތުގެ ތަފްސީލުތައް އަންނަނީ ހިއްސާކުރަމުންނެވެ. މީގެއިތުރުން ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންދާ އިނާޔަތްތަކުގެ ތަފްސީލުތައްވެސް އަންނަނީ ހާމަކުރަމުންނެވެ.
މިކަމާއި ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ގްރޫޕަކަށް ރައީސް މުއިއްޒު ވަނީ މެސެޖެއް ފޮނުއްވާ އިނާޔަތްތައް ކުޑުކުރުމުގެ ވިސްނުން ހިއްސާކުރައްވާފަ އެވެ.
އެގޮތުން މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބަވާ ކުރީގެ މެންބަރުންނަށް ގާނޫނުން މިހާރު ދެމުންދާ ފައިސާގެ އަދަދު މަދުކުރުމަށާއި، ކުރީގެ ރައީސުންނަށް ދޭ އަދަދު މަދުކުރަން ފެންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
”ރައްޔިތުން އެދެނީ އެގޮތް، އަޅުގަނޑުމެންނަކީ ރައްޔިތުންގެ ޚާދިމުން.“ ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒުގެ މި ވިސްނުންފުޅަށް ޕީއެންސީގެ ގިނަ މެންބަރުން ވަނީ ތާއީދުކުރައްވާފަ އެވެ.
މިފަހުން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތަކުން އެނގޭގޮތުގައި ކުރީގެ މެންބަރުންގެ ހެލްތް އިންޝުއަރެންސްއަށް 10 އަހަރުތެރޭ 18.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް، މަޖިލީހުގެ މެންބަރުންނަށް ލިބޭފަދަ ހެލްތް އިންޝުއަރެންސް ސްކީމެއް ލިބެ އެވެ. އަދި އުމުރުން 55 އަހަރުވުމުން، މަޖިލީހުގައި އެއް ދައުރު މެންބަރުކަން ކުރެއްވި ފަރާތްތަކަށް މުސާރައިގެ 30 ޕަސެންޓު އަދި ދެ ދައުރު މެންބަރުކަން ކުރެއްވި ފަރާތްތަކަށް މުސާރައިގެ 45 ޕަސެންޓް ލިބޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު -/50,000 ރުފިޔާ އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، -/75,000 ރުފިޔާ ލިބެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މަރުވެއްޖެނަމަ، އެމީހާގެ އަނބިމީހާއަށް، އޭނާ އެހެން ކައިވެންޏެއް ކުރަންދެން ނުވަތަ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު، އެ މާލީ އިނާޔަތް ދައުލަތުން ދޭންވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނުގައި ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު -/50,000 ރުފިޔާ ލިބެ އެވެ. އަދި މުޖުތަމައުއަށް ފައިދާހުރި އިޖްތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު -/175,000 ރުފިޔާ ހަމަޖައްސަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް
