މި ހަފްތާގައި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނަން: އެފްޑީސީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ސްކީމުންގެ ދަށުން ދޫކުރާ 4000 ފްލެޓްގެ ތެރެއިން މަސައްކަތް ނިމިފައިހުރި ފްލެޓްތައް މި ހަފްތާގައި ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެފްޑީސީން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީ ކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާ ޔުނިޓު ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން، ނިމިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެފްޑީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 3088 ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލަން ތާވަލްކޮށްފައިވާއިރު، މީގެ ތެރެއިން 3032 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާ ނިމިފައިވެއެވެ. ”ދުވާލަކު 116 އެގްރީމެންޓްގައި ސޮއި ކުރުމަށް ޝެޑިއުލް ކުރާއިރު، އެވަރެޖްކޮށް ދުވާލަކު 110 އެގްރީމެންޓްގައި ސޮއިކުރެވޭ،“ އެފްޑީސީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުލި ކަނޑައަޅާފައިވަނީ 3 ކޮޓަރީގެ ފްލެޓަކަށް 13,000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓަކަށް 9,000 ރުފިޔާއެވެ. އެހެންނަމަވެސް، ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 9,000 ރުފިޔާއަށް އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7,000 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ފްލެޓްތަކަށް ޑިޕޮސިޓްގެ ގޮތުގައި 2 ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާ އަދި 3 ކޮޓަރީގެ ފްލެޓްތަކަށް 25,000 ރުފިޔާ އެއްފަހަރާ ދައްކަންޖެހޭނެއެވެ. ނަމަވެސް، ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ