މިދިޔަ އަހަރަށް ވުރެ ގިނައިން މިއަހަރު 8 މަސް ތެރޭ ވިޔަފާރިތަކަށް ޑޮލަރު ދޫކުރެވުނު: ބީއެމްއެލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ބޭރުފައިސާގެ މުޢާމަލާތްތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އިތުރުކޮށްފި އެވެ.

ވިޔަފާރިތަކުން ޓީޓީ ހެދުމަށް ބޭންކުންދޭ ޑޮލަރު ސަޕޯޓާ ގުޅިގެން ބީއެމްއެލްއިން ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، 2024 ވަނަ އަހަރު މުޅި އަހަރު ތެރޭގައި ވިޔަފާރިތަކަށް ޖުމުލަ 69 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ އެ އަހަރު ވިޔަފާރިތަކުން އެދި ހުށަހެޅި އަދަދުގެ 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އަދަދެކެވެ.

މިދިޔަ އަހަރު ޓީޓީ ހެދުމަށް ބޭންކުން ދޫކުރި ޑޮލަރު ސަޕޯޓާ އަޅާ ބަލާއިރު 2025 ވަނަ އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ވިޔަފާރިތަކަށް ވިއްކާފައިވާ ޑޮލަރުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހާ ހަމައަށް ބޭންކުން ވިއްކި އަދަދު ވަނީ 73 މިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ ވިޔަފާރިތަކުން އެދި ހުށަހަޅާފައިވާ އަދަދުގެ 30 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ އަދަދެކެވެ.

މިއީ ވިޔަފާރިތަކަށް ދެމުންގެންދާ އެހީތެރިކަމުގެ ތެރެއިން ކުރިއަށްގެންދާ ކަމެއްކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ. އަދި މިކަމަކީ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ބޭންކުން ފާހަގަކޮށްފައިވެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދޭން ފެށީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މީގެ ކުރިން ބީއެމްއެލްއިން މިފަދަ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދެމުން އައީ ޓީޓީ ހަދާ އަދަދުގެ 5-10 ޕަސެންޓެވެ.

ބީއެމްއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ