ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ ގޯސް ކަންތައްތަކެއް ފަޅާއަރުވާލި މައްސަލާގައި އެކަން ކުރި ކަމަށް ތުހުމަތުކޮށް، އެތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބުނެފި އެވެ.
ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބުނީ އޮމްބަޑްސްޕާސަންގެ އޮފީހުގައި ހުރި ނުރަނގަޅު ކަންތައްތަކެއް އެ ތަނުގެ މުވައްޒަފުންތަކެއް އެ ޔުނިޓަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން ކުރި ކަމުގެ ތުހުމަތުގައި ބަދަލު ހިފުމުގެ ގޮތުން އެ ތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކީ މަސައްކަތަށް ރަނގަޅު މީހެއް ކަމަށް އެކަމާ ގުޅޭ ބަޔާންތަކުން އެނގެން އޮތް ކަމަށެވެ. އެހެންނަމަވެސް، އެ މައްސަލަ ފެންމަތިވުމާ އެކު މުވައްޒަފު ވަކި ކުރީ، އޭނާގެ އަހުލާގު ހުރިގޮތުން ތަނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވުމުގެ ފުރުސަތު ބޮޑުކަމުންނާއި އެންގުންތަކަށް ނުކިޔަމަންތެރިވުމާއި އޮފީސް މާހައުލުގައި ފަސާދަ އުފެއްދުމާއި ސާބިތުނުހިފޭ ވާހަކަ ފަތުރާތީ ކަމަށެެވެ.
އެ ޔުނިޓުން ބުނީ މުވައްޒަފަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ކޯޓަށް ދެވިދާނެކަން މުވައްޒަފަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ، މަސައްކަތުގެ މާހައުލުގައި އިހާނެތިކޮށް ކަންކަން ކުރުމަށް ފަހުގައި ކަމަށްވެސް މުވައްޒަފަށް އަންގާފައިވާ ކަމަށެވެ.
އެޗްއާރްސީއެމް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤު ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް



