މީހަކު ރަހީނު ކުރި މައްސަލައެއްގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މިދިޔަ މަހު މާލޭގައި ގްރޫޕެއް ވެގެން ބިދޭސީއަކު ރަހީނުކޮށް، ފައިސާތަކެއް ފޭރުނު މައްސަލައެއްގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ބަންގަލަދޭޝްގެ ފިރިހެނެއް ކަމަށްވާ، އެމްޑީ އަލާލުއްދީން ހިރިޑޯއީ އެވެ. އޭނާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އޭނާގެ ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ތުހުމަތު ކަމަށެވެ. އަދީ އޭނާވަނީ ކޯޓުން އޭނާގެ މައްޗަށް ކޮށްފައިހުރި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި މިއީ މިދިޔަ މަހު 15ގައި މައްޗަންގޮޅި ގެސްޓްހުއުސްއެއްގެ ތެރޭ ހިނގި ހާދިސާއެއް ކަމަށެވެ. އެ ގެސްޓް ހައުސްތެރޭގައި ރަހީނު ކުރީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. ފުލުހުން ބުނީ، އޭނާއަށް އަނިޔާކޮށް، ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ ކަމަށެވެ.

އެ މީހާ ރަހީނު ކުރި ރޭ އުމުރުން 37 އަހަރުގެ ބަންގަލަދޭޝް ދެ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. އެ ދެމީހުންގެ ބަންދަށް ފުރަތަމަ ދިން މުއްދަތު ހަމަވެގެން، މިދިޔަ މަހު 30ގައި ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަސް ބަންދަށް ޖަހާފަ އެވެ.

މި މައްސަލައިގައި ކުރިން ހައްޔަރުކުރި 2 މީހުން

ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި 28 އަހަރުގެ ބިދޭސީމީހާއަކީ މި ހާދިސާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވިގެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ