ދިވެހި ފިލްމެއް ބަލާފަ ނިކުތް އަންހެނުންތަކެއް ތަޅައިގަނެ، މާރާމާރި ހިންގައިފި

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ހިތަދޫގައި ހުންނަ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމެއް ބަލާފައި ނިކުމެ އަންހެނުންތަކެއް މާރާމާރީއެއް ހިންގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމު (ކަނބުލޮ) ބަލާފައި ނުކުމެ މަގުމަތީގައި މާރާމާރީ ހިންގީ، އަންހެނުންތަކެކެވެ. މި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި ތިން މީހެއްގެ މެދުގައި ހިންގި މާރާމާރީ ހުއްޓުވަން ގިނަ ބަޔަކު އެއްވެއުޅޭ މަންޒަރު ފެނެ އެވެ. އަދި އެތަނުން އެކަކު ވެއްޓިފައި އޮތްތަން ފެނެއެވެ. އަދި އަންހެނަކު އެމްބިއުލާންސަށް އަރުވައިގެން ގެންދާ މަންޒަރުވެސް އާންމުވެފައިވާ ވީޑިއޯއިން ފެނެ އެވެ.

ފުލުހުން މިއަދު ބުނީ، އައްޑޫސިޓީ ހިތަދޫ ކަނީރު މަގުގައި ހިނގި މާރާމާރީ އެއްގެ މައްސަލަ ރޭ 22:45 އެހާކަންހާއިރު ފުލުހުންނައް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއްނުވެ އެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ