އިތުރު ދެ މެމްބަރުންނާއެކު އައު ދައުރަކަށް ނާޞިޙް ސިވިލް ސަރވިސްއަށް އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސިވިލް ސަރވިސް ކޮމިޝަނަށް ތިން މެންބަރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.

އައްޔަނުކުރެއްވި މެންބަރުންގެ ތެރޭގައި މިހާރުވެސް އެ ކޮމިޝަންގެ ރައީސްކަން ކުރައްވަމުންގެންދަވާ މުހައްމަދު ނާސިހް ހިމެނިވަޑައިގަންނަވައެވެ. ނާސިހުގެ އިތުރުން އެ ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި މެމްބަރުންނަކީ ޑރ. ޙުސައިން ފާއިޒް އަދި ޑރ. ދީބާ މޫސާ އެވެ.

ރައީސް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި ތިން މެންބަރުން ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ. މި ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއެވެ. އަދި ހުވާކުރެއްވުމަށްފަހު މެންބަރުންނަށް ވަނީ މެންބަރުކަމުގެ ލިޔުން ހަވާލުކުރެވިފައެވެ.

ސިވިލް ސަރވިސް ކޮމިޝަނަކީ ދިވެހި ސިވިލް ސަރވިސްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ޤާނޫނުއަސާސީން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ