މިދިޔަ އަހަރުން ފެށިގެން ގާސިމް މާމިގިލިން 8 ބިމެއް ގަތް؛ ޖުމުލަ އަގު 15 މިލިއަނަށް އަރާ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް 30 ކުންފުންޏެއްގެ ޗެއާމަންކަން ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މާމިގިލިން 8 ބިމެއް ގަނެފައިވާކަމަށް އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އާންމު ކުރި މި މާލީ ބަޔާނުން އެނގޭ ގޮތުގައި މިދިޔަ އަހަރުން ފެށިގެން ގާސިމް މާމިގިލިން ގަތް ބިންތަކުގެ އަގު 15،110،450 ރުފިޔާއަށް އަރަ އެވެ.

ގާސިމްގެ ނަން މަތީގައި މިހާރު ރާއްޖޭގައި 40 ބިން/އިމާރާތް އޮތް އިރު ރާއްޖޭން ބޭރުގައި 1 ފްލެޓު އެބަ އޮތެވެ. ރާއްޖޭން ބޭރުގައި އޮތް ފްލެޓަކީ ސިންގަޕޫރުން 1998 ވަނަ އަހަރު ގާސިމް ބައްލަވައިގަތް ފްލެޓެކެވެ.

ގާސިމްގެ މާލީ ބަޔާނަށް ބަލާއިރު އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ގާސިމްއަށް 5،858،631.44 ލިބެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރައާއި ބައެއް ކުންފުނިތަކުން ނަގާ މުސާރަ އާއި މާފަންނު ވިލާ އަދި ފުޅޮއި ގުދަން ކުއްޔަށް ދީގެން ލިބޭ އާމްދަނީ އާއި އެސްޓީއޯގެ ހިއްސާއިން ލިބުނު ފައިދާ އެވެ.

ގާސިމްގެ ނަން މަތީ ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގައި 974،993.19 ރުފިޔާ އާއި 4،519.77 އެމެރިކާ ޑޮލަރު އެބަ ހުއްޓެވެ. އަދި ރާއްޖޭން ބޭރުގައި ހުޅުވާފައިވާ 2 އެކައުންޓެއްގައި 500 އެމެރިކާ ޑޮލަރާއި 14،742.24 ހޮންކޮންގ ޑޮލަރު އެބަ ހުއްޓެވެ.

މާލީ ބަޔާނުން ހާމަވާ ގޮތުގައި ގާސިމްގެ މިލްކިއްޔާތުގައި އޮތް އެންމެ އަގުބޮޑު ބިމަކީ 1975 ވަނަ އަހަރު ގާސިމް އަމިއްލައަށް ހިއްކި މާފަންނު ވިލާ ބިމެވެ. އެ ބިމުގެ އަގަކީ 38،550،000 ރުފިޔާ އެވެ.

މާމިގިލި ގާސިމް އިބްރާހިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ