މީޑިއާ ބިލް ބޭރު ކުރަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން: ބަންޑާރަނައިބު

Advertisement

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކުރަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ މީޑިއާތަކުގެ ފަރާތުން ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ. އަދި އެ ބައްދަލުވުމަށްފަހު އޭޖީ އުޝާމް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް އޮފީހުގައި ޕްރެސް ކޮންފަރެންސްއެއް ބާއްވާފަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭޖީ އުޝާމް ވިދާޅުވީ ބްރޮޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް ކުރީގެ މަޖިލީހުންވެސް އަދި ބަންޑާރަނައިބުގެ އޮފީހުންވެސް ކޮށްފައިވާ ކަމަށެވެ.

މިހާރު ހުށަހަޅާފައިވާ ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެވިދާނެ ކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލުނުކުރާ ކަމަށް އޭޖީ އުޝާމް ވިދާޅުވި އެވެ.

”އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު މި ހުށަހަޅާފައިއޮތް ބިލު އިތުރަށް ދިރާސާކުރުމަށްފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް. އަޅުގަނޑު ގަބޫލެއް ނުކުރަން ބިލު އަނބުރާ ނަގަންޖެހޭނެ ކަމަކަށް، އަދި މިހާތަނަށް ކުރެވުނު ދިރާސާތަކުގެ އަލީގައި.“ އުޝާމް ވިދާޅުވި އެވެ.

ބިލު އަނބުރާ ނަގަންނުޖެހޭ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާ އޭޖީ އުޝާމް ވަނީ، ކުރީ ސަރުކާރުގައި 2022 ވަނަ އަހަރު އޭރުގެ މީޑިއާ ކައުންސިލުން އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަރުދާހަކާއި ގުޅުވާ އެ ކަރުދާހުގައި ހުރި ކަންކަމާއި މިހާރު ހުރި ބިލްގައި ހުރި ކަންކަމަށް އަޅާކިޔުއްވާ ވާހަކަ ދައްކަވާފަ އެވެ.

އޭޖީ ވަނީ، މިހާރު ހުށަހަޅާފައިވާ ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމަށްވެސް އެދިފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް އޭޖީ ދެއްވި ޖަވާބުތަކާއި ގުޅިގެން އަދި ވާހަކަތައް އޮޅުވާލާކަމަށް ބުނެ ނޫސްވެރިން ވަނީ އެ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ނިކުމެފަ އެވެ.

ބަންޑާރަ ނައިބް އަހުމަދު އުޝާމް މީޑިއާ ބިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ