ގެދޮރުވެރިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ދުވާރު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން، އެ ސަރަހައްދުގެ ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޑީސީން މައުލޫމާތު ދެއްވި ގޮތުގައި، ދެވަނަ ފިޔަވަހީގެ ނިރޮޅުމަގު، ޒޯން 1 އަދި ޒޯން 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު، ޒޯން 1 ގެ 75 އިންސައްތަ މަސައްކަތް ނިމި، ޒޯން 2 ގެ 58 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މި ދެ ޒޯންގެ ދުވާރު ހެދުމުގެ މަސައްކަތް މިއަންނަ މަހުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުން، ޒޯން 3 ގެ ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އަދި އެ ސަރަހައްދުގައި ޖުމްލަ 5 ބަސް ސްޓޮޕް ގާއިމްކުރުމުގެ މަސައްކަތްވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ބަސް ސްޓޮޕްތަކުގެ މަސައްކަތްވެސް ކުރިއަށް

އެޗްޑީސީން ބުނި ގޮތުގައި، ނިރޮޅުމަގުގެ ބަސް ސްޓޮޕްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި ދެވަނަ ބަސް ސްޓޮޕް، ހިތިގަސް މަގުގައި ގާއިމްކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ.

4000 ފްލެޓްގެ މަޝްރޫއަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއެއް ކަމަށްވާއިރު، މި ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމްކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ