ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހދ. ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުރިނބީ ރައްޔިތުންނާ މިއަދު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.

މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑ.ީސ.ީޕީ (ރޓ) އަހްމަދު ސައުދީ އެވެ.

ރައީސް ވިދާޅުވީ، ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގައި ލެބޯޓްރީއާއި ވޯޑާއި ޕްރޮސީޖަރ ރޫމާއި ނާސިން ސްޓޭޝަނާއި ގަރާޖަކާއި ސްޓޯރޭޖް އޭރިއާއެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމުކުރެވޭނެ ކަމަށެވެ.

މިއީ 1 އަހަރު ދުވަހުގެ މަޝްރޫއެއްކަމަށާއި އައު އިމާރާތް ނިމުމުން 24 ގަޑިއިރު، ސިއްހީ ޚިދުމަތް ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކުރިނބީ އަކީ މިއަދު ރައީސް ޒިޔާރަތްކުރެއްވި ފުރަތަމަ ރަށެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ