ދުވަހަކު ވެސް މީޑިއާ ކޮންޓްރޯލެއް ނުކުރާނަން، ބިލް އިސްލާހު ކުރަން ދަންނަވައިފިން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި ބޭނުންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި، މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް މީޑިއާއާ ބެހޭ ބިލް އިސްލާހު ކުރުމަށް ޕީއެންސީ މެންބަރުންނަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ”އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ. އަޅުގަނޑު އެއްވެސް އިރަކު ކުރި ކަމެއް ވެސް ނޫން. އަދި ކުރާނެ ވެސް ކަމެއް ނޫން“ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލުގައި، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަށް މަޖިލީހުގެ ރުހުމާއެކު ތިން މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދޭއިރު، ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އަދި ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ވެސް ރައީސަށް ލިބިދެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނަށް މިހާރު ދަންނަވާފައިވާނީ ކޮމިޝަނަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން ބޭފުޅަކު އެ ކޮމިޝަންގެ ރައީސްކަމަށް ހަމަޖެއްސުމަށް ކަމަށެވެ. އަޅުގަނޑު ބޭނުމެއް ނޫން އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކީ މީޑިއާއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް. މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް“ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އުފައްދާ އައު ކޮމިޝަނަށް ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިދެއެވެ. މިގޮތުން ވަކިވަކި ނޫސްވެރިން 5,000 އިން 25,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު، މީޑިއާތައް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. މި ބިލާ ގުޅިގެން މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހދ. ނޮޅިވަރަންފަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީޑިއާ ބިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ