ބައްސާމް ބަލިވުމުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ބައްސާމްއަށް ކުރާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިއޮތީ މިއަދު މެންދުރު 13:00 އަށެވެ. ނަމަވެސް ބައްސާމް ބަލިވެ އުޅޭތީ މިއަދުގެ އަޑުއެހުމަށް ހާޒިރުވެފައެއް ނުވެ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި 21 ޖަނަވަރީ 2024 ވަނަ ދުވަހު ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އޭގެފަހުން 22 ޑިސެންބަރު 2024 ގައިވެސް ހިިޔާނާތްތެރިވުމުގެ އަދި މަނީ ލޯންޑްރިންގެ ކުށުގެ އިތުރު ދައުވާތަކެއް އުފުލާފައިވެ އެވެ. ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ބައްސާމަށް ކުރާ ހަތަރު ދައުވާ އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލަތަކުގެ ބޮޑު ބައެއް މިހާރު ކުރިއަށް ގޮސްފައިވާއިރު، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ މިމައްސަލައިގެ ހެކިބަސް ނެގުމެވެ.

ބައްސާމްގެ މައްޗަށް ދައުވާކުރީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ)ގެ ފަރާތުން ޖަމާކުރި ފައިސާތަކަކށް ހިޔާނާތްތެރިވި މައްސަލައަކާއި، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، އެފްއޭއެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގަ އެވެ. 

ބައްސާމް އަދިލް ޖަލީލް ކްރިމިނަލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ