18 އަހަރުން ނުހެދުނު ނާގޯށީގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަތުރުވެރިކަން ފައްކާ ނުވާ އަތޮޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އަތޮޅުކަމަށްވާ ހދ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް މީގެ 18 އަހަރު ކުރިން ދޫކުރި ނާގޯށީގައި އަނެއްކާވެސް ރިސޯޓެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ނާގޯށި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނާގޯށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މި ރަށުގައި ރިސޯޓެއް ތަރައްގީކޮށް ހިންގުން ހަވާލުކޮށްފައި އޮތީ މޯލްޑިވްސް ޓޫރިޒަަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ. ނާގޯށި ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީޑީސީއަށް ދީފައިވަނީ ޑިސެމްބަރު 5، 2007 ގަ އެވެ. އޭގެ ފަހުން 18 އަހަރު ވެގެން ދިޔައިރު އެކި ސަރުކާރުތަކުގައި އެރަށް އެ ކުންފުނި އަތުން އަތުލުމަށް ފަހު އަނެއްކާވެސް ހަމަ އެ ކުންފުންޏާ ހަވާލުކޮށްފައި އެބަ ހުއްޓެވެ.

އެމްޓީޑީސީއާ ނާގޯށި ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ހަވާލު ކުރުމުން އެ ކުންފުނިން ވަނީ ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏާ އެރަށް ތަރައްގީ ކުރަން ހަވާލުކޮށްފަ އެވެ. ރަޝިޔާގެ ކުންފުނިން އެ ރަށުގެ 50 އިންސައްތަ މަސައްކަތް ނިންމިކަން އެކި ރިޕޯޓުތަކުން އެނގެ އެވެ. ނަމަވެސް މަސައްކަތް ހުއްޓިފައި އޮތުމަށްފަހު 2012 ވަނަ އަހަރު އެ މަސައްކަތް ކުރަން އެމެރިކާގެ ރެޑިޝަން ކުންފުންޏާވެސް ހަވާލު ކުރި އެވެ.

މި ރިސޯޓުގެ އަގެއްގެ ގޮތުގައި މި ރިސޯޓު ހަދަން ހަވާލު ކުރި އިރު ކަނޑައަޅާފައިވަނީ 91 މިލިއަން ޑޮލަރެވެ. މި ރިސޯޓު ހުޅުވަން އެކި ތާރީހު ދީފައިވެ އެވެ.

2022 ވަނަ އަހަރުވެސް އެމްޓީޑީސީން ވަނީ ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ ޖޮއިންޓް ވެންޗާއެއް އުފައްދައިގެން ނާގޯށި ތަރައްގީ ކުރަން މަސައްކަތްކޮށްފަ އެވެ. އޭރު ނާގޯށި ތަރައްގީކުރަން 300-400 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރި އިރު އެ ރިސޯޓު ތަރައްގީ ކުރަން ނިންމީ ޖުމުލަ 1،670 އެނދު ހިމެނޭ ގޮތަށް 835 ކޮޓަރި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްޓީޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ