ފިނޭގައި ރަސްމީކޮށް އޭޓީއެމްގެ ހިދުމަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހދ. ފިނޭގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިންގގެ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނާ ގާތުން ލުއިފަސޭހަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ހިންގި މަޝްރޫ އެކެވެ.

ފިނޭގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ދަތުރުފުޅުގެ ތެރެއިން ފިނޭއަށް ވަޑައިގެން، އެރަށުގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރަމްޒީ ގޮތުން އޭޓީއެމުން ފައިސާ ނަންގަވައި، ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ރައީސް ހަވާލުކުރެއްވި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަޢުލޫމާތުދޭ ގޮތުގައި، ފިނޭގައި ޤާއިމުކޮށްފައިވާ މި ސެލްފް ސަރވިސް އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެ އެވެ. އަދި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށް ބީއެމްއެލްއިން ފާހަގަކޮށްފައިވެ އެވެ. މި ވަޢުދުފުޅާ އެއްގޮތަށް މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް އެ ބޭންކުން ވަނީ ފަށާފަ އެވެ.

ހދ. ފިނޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ