ހިރިމަރަދޫއަށް ފަހު ރައީސް މުއިއްޒު ފިނޭއަށް؛ ބަނދަރުމަތިން ހޫނު މަރުހަބާއެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހދ. ހިރިމަރަދޫއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. ފިނޭއަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނު ހއ. އުތީމުގައި ކުރިއަށް ދިޔަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު ހދ. ގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. ފިނޭއިން ރައީސް މުއިއްޒަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ފިނޭއަށް ރައީސް މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވާނެ އެވެ. އަދި އެއަށްފަހު ބީއެމްއެލްގެ އޭޓީއެމް ހުޅުވާ ދެއްވާނެ އެވެ. މިރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން މިރަށުގައި ގާއިމު ކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމާއި އެރަށުގައި ގާއިމު ކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްވެސް ރައީސް ފައްޓަވައިދެއްވާނެ އެވެ.

ހދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލުކަމަށްވާ ހިރިމަރަދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އެރަށުގެ ރައްޔިތުން 18 މަސް ދުވަހުގެ ތެރޭގައި ހދ. ހަނިމާދޫއަށް ބަދަލުކޮށްދެއްވާނެކަމުގެ އުފާވެރި ހަބަރު ދެއްވާފަ އެވެ.

ހިރިމަރަދޫއަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އަމިއްލައަށް ހިޖުރަކުރަން ބޭނުންވެގެން އެދިފައިވާ ރަށެކެވެ. ރައީސް ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުންނަށް ހާއްސަކޮށް ހަނިމާދޫގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫ 18 މަސް ތެރޭ ނިންމޭނެ ކަމަށެވެ. މިއަދު ހިރިމަރަދޫގައި ވަނީ އެ ހައުސިން ޔުނިޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ މަޝްރޫ ހަވާލުކޮށްފައިވަނީ އެޗްޑީސީއާ އެވެ.

ހދ. ފިނޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ