ހިތްވަރު ދިނުމުގެ ގައުމީ އިނާމު 9 ބޭފުޅަކަށް ދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހިތްވަރު ދިނުމުގެ ގައުމީ އިނާމު 9 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މި ބޭފުޅުންނަށް ހިތްވަރ ުދިނުމުގެ ޤައުމީ އިނާމު ދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވުނު ރަސްމީ ޖަލްސާގައެވެ.

މިގޮތުން ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި ޝާއިޢުކުރުމުގެ ރޮނގުން މ. އަފްޒާ، ޙުސްނާ ފަހްމީ އަށާއި، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ހދ. މަކުނުދޫ، ސެލްވިން، ޢިއްޒަތު އަޙްމަދު ނިޒާރަށް މި އިނާމު ވަނީ ދެއްވާފައެވެ.

ޞިއްޙީ ދާއިރާއިން އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ފ. ނިލަންދޫ، ފިނިފެންމާގެ، ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދާއި، ބ. ކެންދޫ، ފެހިއަލި، އަޢާމިރާ ސުލައިމާން ހިމެނިވަޑައިގަންނަވައެވެ. އަދި އިޖުތިމާޢީ ރައްކައުތެރިކަމާއި އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ޅ. ހިންނަވަރު، ކާނިމާގެ، ފާޠިމަތު އިބްރާހިމްއާއި، ހއ. ކެލާ، ވެހި، އަޙްމަދު ވަޙީދު ޢަލީއަށްވެސް މި އިނާމު ވަނީ ދެއްވާފައެވެ.

މީގެއިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިން ސ. ފޭދޫ، ވިކްޓަރީ، ޢަލީމުއްދީނަށާއި، މުއާޞަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ގދ. ފިޔޯރީ، ޝާދީވިލާ، މުޙައްމަދު ޖައިލަމްއަށް މި އިނާމު ވަނީ ދެއްވާފައެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤައުމީ ދުވަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ