ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެ ވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 06:00 ގައެވެ. ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން ޑިފެންސް މިނިސްޓާ މުޙައްމަދު ޣައްސާން މައުމޫނާއި ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ވަނީ އާދަމް ނަޞީރު އިބްރާހީމެ ވަނީ އެދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ. ރަސްމިއްޔާތު ނިންމާލާފައިވަނީ  ޤައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ޤައުމީ ސަލާމް ކުޅުމާއެކުގައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ހއ. އުތީމަށް ފުރާ ވަޑައިގަންނަވާފައެވެ. އެ ދެކަނބަލުން އުތީމަށް ފުރާ ވަޑައިގަންވާފައިވާއިރު މިއަހަރުގެ ގައުމީ ދުވަހުގެ ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ރަށުގައެވެ.

ރައީސް އެ ރަށަށް ވަޑައިގެން  އުތީމުގައި އަލަށް ހެދި ބޮޑުތަކުރުފާނު ގޭޓް އިފްތިތާހުކޮށް ދެއްވުމަށް ހަމަ ޖެހިފައިވެއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ގައުމީ ދުވަސް ފާހަގަކުރަނީ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަހަކީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ