ގަވައިދާ ހިލާފަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ އުޅުނު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ފެނިފައިވަނީ ކ. ދިއްފުއްޓާ ދިމާ އިރުމަތިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ކަމަށެވެ.
އެ މަސް ބޯޓުގައި ހަ މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެ ބޯޓްއަކީ ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް ކަމަށާއި، އެ ބޯޓު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
މީގެ ކުރިންވެސް ސްރީ ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވެދެގެން ފިޔަވަޅު އަޅާފައިވެ އެވެ.



