ރާއްޖޭގައި އުޅޭ ޗައިނާ މީހުންނަށް އަމާޒުކޮށް ބޮޑު ސްކޭމެއް؛ މިހާތަަނަށް 2.9 މިލިއަން ގެއްލިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގަމުންދާ އައު ބާވަތެއްގެ މަކަރާއި ހީލަތުގެ އަމަލުތަކެއްގެ ސަބަބުން މިހާތަނަށް 2.9 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެއެވެ. މި މަކަރާއި ހީލަތުގެ އަމަލުތައް އަމާޒުކުރަނީ މައިގަނޑު ގޮތެއްގައި ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މި މަކަރާއި ހީލަތުގެ އަމަލު ހިންގަނީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެންނެވެ. މި އަމަލު ހިންގުމުގައި މަކަރުވެރިން އެންމެ ފުރަތަމަ ގުޅަނީ ރާއްޖޭގައި ކްރިޕްޓޯކަރަންސީ، ހާއްސަކޮށް ޓެދަރ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކާއެވެ.

މަކަރުވެރިން އަމަލުކުރާ ގޮތުގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، މަކަރުވެރިން ޔޫއެސްޑީޓީ ވިއްކާ ފަރާތަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅާ ކަމަށެވެ. އަދި މި މަރުހަލާގައި މަކަރުވެރިޔާ ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފަރ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެކެވެ.

އޭގެ ފަހުން މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުމަށެވެ. ބައްދަލުވުމުން، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކޮށް، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފަރ ކުރެއެވެ.

ފުލުހުންގެ އިލްތިމާސް

ފުލުހުން ވަނީ ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މީގެ ތެރޭގައި މާލީ މުއާމަލާތެއް ކުރާއިރު، އެމީހަކީ ކާކުކަން ކަށަވަރުކުރުމަށާއި، ނުދަންނަ ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށް އަންގާފައިވެއެވެ. އަދި މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން ފުލުހުންގެ ހޮޓްލައިނަށް އެންގުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖެ - ޗައިނާ ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ