ކުށްކުރާ ތަންތަނަށް އެއްވާ ކުޑަކުދިންގެ އަދަދު އިތުރުވޭ، ކުދިން އުޅޭ ތަންތަން ބަލާ: ފުލުހުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކުގައި 18 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ އުޅޭ މިންވަރު އިތުރުވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މިފަދަ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. މީގެ ސަބަބުން ކުޑަކުދިން ގްރޫމިންގގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު އޮތްކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ގާނޫނާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ގެއިން ފިލައި، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މައިންބަފައިންނާއި ބެލެނިވެރިންނަށް އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން، ”ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާކުރުމަށް“ ފުލުހުން ވަނީ ގޮވާލާފައެވެ.

ފުލުހުން މި ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ޕެޓްރޯލިންގގެ ތެރެއިން ގާތުން މޮނިޓަރކުރުން އިތުރުކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތައުލީމީ ވުޒާރާއާއި، ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިފަދަ ކަމަކާ ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓްގެ ނަންބަރު 9770640 އަށް ގުޅުމަށް ފުލުހުން އަންގާފައިވެއެވެ. އަދި ކުއްލި ހާލަތެއްގައި 911 އަށް ގުޅުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ