މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގެ ބާރު ލިބިދޭ އައު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މީޑިއާތައް ބާރުވެރި ކުރުމުގެ މަގުސަދުގައި ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގައި ތަމްސީލްކުރާ ސިޔާސީ ޕާޓީތަކާއި ވަކިވަކި މެމްބަރުންގެ ތާއީދަށް އެދި ފޮނުއްވި މެސެޖެއްގައި ހަންނާން ވިދާޅުވެފައިވަނީ، މި ބިލުގެ ދަށުން އުފެދޭ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިހާބުކުރާ ނޫސްވެރިންނަށް ކަމަށެވެ. އެގޮތުން ކޮމިޝަންގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން އިންތިހާބުކުރާނީ މީޑިއާތަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މި ބިލުގައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެ. ތެދު ހަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ. ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ،“ ހަންނާން ވިދާޅުވިއެވެ.
މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޭކާރު ބޮޑެތި ހަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ބުނެ ފާޑުކިޔަމުންދާތީ، އެކަމަށް ހައްލު ހޯދައިދީފައިވާނެ ކަމަށް ހަންނާން ވިދާޅުވިއެވެ. އަދި މީޑިއާ ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ހަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރެވޭ ބިލެއް އަނެއްކާވެސް މަޖިލީހަށް
މި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ދޮގު ހަބަރު ފެތުރުން ހުއްޓުވުމާއި، ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރޭތޯ ކަށަވަރުކުރުން ހިމެނެއެވެ. މި ބިލު ގާނޫނަކަށް ވުމުން އުފެދޭ އައު ކޮމިޝަންގައި ހިމެނޭނީ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު



