ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އެއްވަރުގެ ސަރަހައްދެއް ފުށިދިއްގަރު ފަޅުން ހިއްކައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އެއްވަރުގެ ސަރަހައްދެއް ފުށިދިއްގަރު ފަޅުން ހިއްކައިފި އެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކާފައިވަނީ 129.60 ހެކްޓަރުގެ ބިމެވެ. މިއީ މުޅި މަޝްރޫއަށް ބަލާއިރު ގާތްގަނޑަކަށް 13 ޕަސެންޓުގެ ސަރަހައްދެކެވެ. މަޝްރޫއު ފުރިހަމަވުމުން ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކޮށްފައެވެ.

މި ބިން ހިއްކަމުންދަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އަދި މެދަށް 3 މީޓަރުގެ އުސްމިނަށެވެ. މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ 11 ސަރަޙައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސް އެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ސައިޓް މޮބިލައިޒްކޮށް ބިން ހިއްކަން ފަށަން ގޮންޑޮލް ޖެހުމުގެ މަސައްކަތެވެ. އަދި މި މަސައްކަތް އިތުރަށް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނައުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއު ނިމުމުން ގިނަ އަދަދެއްގެ ބޯހިޔާވަހިކަމުގެ ޔުނިޓްތަކާއި ވިޔަފާރީގެ ބޭނުންތަކަށް ބިން ލިބިގެންދާނެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރަސްމާލެ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ