ފްލެޓްތަކަށް މީހުން ބަދަލުވާންވާއިރަށް އެޗްޑީސީން ބަސް ސްޓޮޕްތައް އިތުރުކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އެފްޑީސީގެ 4،000 ފްލެޓަށް މީހުން ބަދަލުވާން ފެށުމުގެ ކުރިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް އިތުރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެޗްޑީސީއިން ބުނީ، މި މަސައްކަތް ފަށާފައިވަނީ އެ ސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޤުސަދުގައި ކަމަށެވެ.

ބަސް ސްޓޮޕްތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެފްޑީސީން ދަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން އެފްޑީސީން ފަށާފައިވަނީ މިދިޔަމަހުގެ 21 ވަނަ ދުވަހު އެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން، އެ ފަރާތްތަކުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށާއި އަދި އެ ފަރާތްތަކަށް އެސްއެމްއެސް ކުރެވެމުންދާނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ