ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނިކޮށް ކަރަންޓު މައްސަލައެއް ދިމާވުމުން ޖަލްސާ މެދުކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދަނިކޮށް ކަރަންޓު މައްސަލައެއް ދިމާވެފައިވަނީ މެންބަރު އަނާރާ ނައީމް ތަޅުމުގައި ވާހަކަދައްކަވަމުންދަނިކޮށެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކަރަންޓަށް ދިމާވި މައްސަލަ ބެލުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހަށް ކަރަންޓުގެ މައްސަލައެއް ދިމާވެފައިވަނީ ތަޅުމަށެވެ. މަޖިލީހުގެ އެހެން ތަންތަނުގައި ކަރަންޓު ހުރިކަމަށް މައުލޫމާތު ލިބިފައިވެ އެވެ.



