އާ ޓާމިނަލުން ހިދުމަތްދޭ ފުރަތަމަ ލަގްޒަރީ އެއާލައިނަކަށް ބިއޮންޑް

Advertisement

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕަސެންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިން އަދި ތިންވަނަ އެއާލައިން އެވެ.

މި މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް، އަލީ އާރިފް އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑު މެންބަރުނާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާންގެ އިތުރުން ބިއޮންޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަހުތަރު އަދި ބިއޮންޑްގެ ސްޓޭޝަން މެނޭޖަރު ހުސެއިން ފަޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓުން ފުރި 43 ފަސިންޖަރުންނަށް ހަދިޔާ ދިނެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ވޯޓަރ ސެލިއުޓް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔުނެވެ.

ބިއޮންޑް އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ. މި އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ އެއާލައިނެކެވެ.

ޓާމިނަލް 1 އިން މިހާރު ވަނީ މޯލްޑިވިއަން އަދި އެއާ އަރަބިއާއަށް ޚިދުމަތް ދޭން ފަށާފަ އެވެ. އެމްއޭސީއެލްއިން މަޢުލޫމާތު ދިން ގޮތުގައި މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް ޓާމިނަލް 1 އަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ