މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.
މިފަހުންވެސް މާލެ އަދި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ. ޖޫން 1 ވަނަ ދުވަހު، ގާތްގަނޑަކަށް 6 ގަޑިއިރަށް މާލެ ހުޅުމާލެ ”ޓޯޓަލް ބްލެކްއައުޓް“ އަކަށްވެސް ގޮސްފައިވެ އެވެ. އަދި އެ ދުވަހު ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



