މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މާލޭ ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މާދަމާ ހެނދުނު 09:30 އާއި 11:30 އާ ދެމެދު ޖަންބުމަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށެވެ.

މި މަސައްކަތަކީ މާލޭގެ ކަރަންޓު ވިއުގައިގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފަ އެވެ. އަދި މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.


