ދިރާގު ޓީވީ ހުއްޓާލަން މަޖުބޫރުކުރުވި އިސްލާހް ބްރޯޑްކޮމް އިން ބާތިލްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިރާގު ޓީވީ ހުއްޓާލަން މަޖުބޫރުކޮށް، އެމްޑީޕީގެ އިސްވެރިންތަކެއްގެ މަސްލަހަތު އޮންނަ މީޑިއާނެޓްއަށް އެކަނި ފަހިވާގޮތަށް ކުރީ ސަރުކާރުގެ ބްރޯޑްކާސްޓިން ކޮމިޝަނުން ގެނައި އިސްލާހު ބާތިލް ކުރުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އެމްޑީޕީ ސަރުކާރުގައި ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދު އަލުން އެކުލަވާލައި ގެޒެޓް ކުރި އިރު، ލައިސެންސް ދޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި %100 ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާން ޖެހޭ ކަމަށް ލާޒިމްކޮށްފައިވެ އެވެ.

ނަތީޖާއެއްގެ ގޮތުން އޭރު ދީރާގުން ފޯރުކޮށްދެމުންދިޔަ ދިރާގުޓީވީގެ ހިދުމަތް ހުއްޓާލަން މަޖުބޫރުވި އެވެ. އެއީ ދިރާގުގެ މައި ހިއްސާދާރަކީ ބީޓީސީ އައިލެންޑްސް ލިމިޓެޑް (ބަޓެލްކޯ/ބިޔޯން) ކަމަށްވާތީ އެވެ. ދިރާގުގައި އޮންނަނީ ދިވެހި ސަރުކާރުގެ އެންމެ 41 އިންސައްތަ ހިއްސާ އެވެ. އަދި އެއާއެކު އެމްޑީޕީގެ ވެރިންތަކެއްގެ ވިޔަފާރި މަސްލަހަތު ހިމެނޭ، މީޑިއާނެޓްއަށް މުޅި މާކެޓް ކޮންޓްރޯލް ލިބިގެންދިޔަ އެވެ.

އޭރު ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ އެ ވިޔަފާރިވެރިންގެ ފަރާތުން ހުށެހެޅި ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަޤާމަށް ވަޑައިގެން ތިއްބެވިކަމަށް ތުހުމަތުކުރެވޭ ބޭފުޅުންތަކެކެވެ.

ބޮރޯޑްކޮމްއިން މިއަދު ގެޒެޓްގައި ޝާއިއު ކުރި މި ގަވައިދުގެ ތިން ވަނަ އިސްލާހުގައި، ލައިސެންސް ދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތަކުގެ ތެރޭގައި %100 ކުންފުންޏަކަށް ވާން ޖެހޭ ކަމަށް ބަޔާންކޮށްފައި އޮތް މާއްދާ ވަނީ އުނިކޮށްފަ އެވެ. އެހެންކަމުން، ބޭރު ކުންފުންޏަކަށް ނުވަތަ %100 ދިވެހި ކުންފުންޏަކަށް ނުވިޔަސް ދެން މި އިސްލާހާ އެކު ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭން ހުރަހެއް ނޯންނާނެ އެވެ.

2022 ވަނަ އަހަރުގެ ނިންމުމުގެ ސަބަބުން، އޭރު މަޖުބޫރިވި ހާލަތުގެ ސަބަބުން ދިރާގަށް ބޮޑު ގެއްލުމަކާއިވެސް އޭރު ކުރިމަތިލާންޖެހުނު އެވެ. ދިރާގަށް ހިދުމަތް ހުއްޓާލުމަށް މަޖުބޫރުކުރުވިއިރު، އެ ކުންފުނިން އޮތީ ރާއްޖޭގެ އާބާދީ 85 އިންސައްތައަށް ހިދުމަތް ލިބޭނެ ނެޓްވޯކްއެއްވެސް ޤާއިމްކޮށްފަ އެވެ. އަދި މީޑިއާނެޓްއާ ހިލާފަށް، ދިރާގުން ނަގަމުންދިޔަައީ ކުޑަ ފީއެކެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށްވެސް ދިރާގުން އޭރު ފަހި ފުރުސަތުތަކެއް ހޯދައިދީ، ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވެވެސްދިނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ