ދައުރު ދަންމާލަނީ އަވަސް އަރުވާލައިގެން ބިލުތަކެއް ނިންމުމުގެ މަޤުސަދުގައި ނޫން: މަޖިލިސް ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުރު ދަންމާލަނީ އަވަސް އަރުވާލައިގެން ބިލުތަކެއް ނިންމުމުގެ މަޤުސަދުގައި ނޫންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ މި ދައުރު ދަންމާލުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅު މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާ، އަވަސްއަރުވާލައިގެން ބިލްތައް ނިންމުމަށް ދައުރު ދަންމާލުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ދައުރު ދަންމާލީ އަވަސް އަރުވާލައިގެން ކަންތައްތައް ކުރުމަށް ކުރާ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކެއް ކުރަން ހުރުމުން، އެކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ މަޖިލީހުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”އެކަންކަން ނިންމާފަ މެންބަރުން ޗުއްޓީއަށް ދިއުންއެއީ، މެންބަރުންނާއި ރައްޔިތުންނާ ދެމެދު އޮންނަ އިތުބާރު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށް ޤަބޫލުކުރެވެނީ.“ މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ދައުރު ދަންމާލަނީ އަވަސް އަރުވާލައިގެން ބިލުތަކެއް ނިންމުމުގެ މަޤުސަދުގައި ނޫންކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ. އަދި އެކަން ކުރަނީ ރައްޔިތުންނަށް ދޭންހުރި ހިދުމަތްތައް ދިނުމުގައި އަވަސްކަން ގެނައުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ޤާނޫނުތަކަށް އިސްލާހު ގެނައުމަކީ ވަކި އިރަކަށް ހުއްޓި އޮންނަ ކަމެއްނޫންކަން ފާހަގަކުރައްވާ މަޖިލިސް ރައީސް ވިދާޅުވީ، ޤާނޫނުތަކަށް ގިނައިން އިސްލާހު އަންނަ ވަރަކަށް ޒަމާނާ އެއްގޮތަށް ޤާނޫނުތައް ބައްޓަންވެގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ