ހުޅުމާލޭގައި ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ޝަރުތުކޮށް ދޫކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ކްރިމިނަލް ކޯޓުން މިއަދު ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނީ ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން (18 އަހަރު) އެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ވަކި ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކޯޓުން ނިންމި އެވެ.

ފުލުހުން ބުނީ އެ ކާރު މަޑުކުރުމަށް ފުލުހުން އެންގުމުން އެ އަމުރަށް ތަބާނުވެ، ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައިވާ ކަމަށެވެ. އަދި އެ ކާރުގެ ފަހަތުން ދިޔަ ފުލުހުންގެ ސައިކަލެއްގައި ކާރުން ޖެއްސުމުން، ފުލުހުންގެ އޮފިސަރަކު ވަނީ ވެއްޓިފަ އެވެ. މި ހާދިސާގައި އަނިޔާވި ފުލުހުންގެ އޮފިސަރަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލައާ ގުޅިގެން ކާރުގެ ކުރީ ސީޓުގައި އިން އަންހެނަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ނަމަވެސް، އޭނާ ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފަ އެވެ. ފުލުހުން އެ ކާރު ހުއްޓުވާފައިވަނީ ހުޅުމާލޭގެ ދިރާގު އޮފީހާ ހިސާބުން ހުޅުމާލެ ފޭސް 2 ގެ ޗެނަލް ބްރިޖު ކައިރިންނެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ