އަހަރު ނިމެން ބާކީ 5 މަސް، ބަޖެޓު އަރަނީގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ހަތް މަސް ނިމުނުއިރު ދައުލަތުގެ ބަޖެޓް 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމު ކުރި ’ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް‘ ރިޕޯޓުން ދައްކާގޮތުގައި، މި އަހަރުގެ ތެރޭގައި ކުރި ޚަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.4 އިންސައްތަ ދަށަށް ގޮސްފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ބަޖެޓުގެ ބެލެންސް ހުރީ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ކަމަށާއި، 2023 ވަނަ އަހަރުގެ އެ މުއްދަތުގައި 4.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވުނެވެ.

ފާއިތުވި 7 މަސް ދުވަހު ލިބުނު އާމްދަނީއަށް ބަލާއިރު މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 21.5 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ މިހާތަނަށް ވަނީ 22.1 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެންމެ ބޮޑު އާމްދަނީއެއް މިއަހަރުވެސް ލިބިފައިވަނީ ޓެކްސްގެ ގޮތުގަ އެވެ. އެގޮތުން ޓެކްސްގެ އާމްދަނީގެ ގޮތުގައި 17.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރިޕޯޓުން ދައްކާގޮތުގައި ރިކަރަންޓް ޚަރަދު މިދިޔަ އަހަރަށް ވުރެ 2.2 އިންސައްތަ ދަށްވެފައިވެއެވެ. މިދިޔަ އަހަރު 19.6 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، މި އަހަރު ކުރެވިފައިވަނީ 19.2 ބިލިއަން ރުފިޔާގެ ޚަރަދެވެ. ކެޕިޓަލް ޚަރަދުތައް ވަނީ މިދިޔަ އަހަރަށް ވުރެ 60.8 އިންސައްތަ ދަށްވެފަ އެވެ. މިދިޔަ އަހަރު 6.9 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، މި އަހަރު ކުރެވިފައިވަނީ 2.7 ބިލިއަން ރުފިޔާގެ ޚަރަދެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 12.4 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، މިހާތަނަށް ޚަރަދުކުރެވިފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ މަޝްރޫޢުތަކަށެވެ. މިފަދަ މަޝްރޫޢުތަކަށް 2.2 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 114.6 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ