76 ޕޮއިންޓަށް ފްލެޓް ނުދީ، 75 ޕޮއިންޓަށް ފްލެޓް ދިން މައްސަލަ އޭސީސީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި ގުރު ނެގި އިރު 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ ބަޔަކަށް ފްލެޓް ކަނޑައަޅާފައި ނުވަނީސް 75 މާކްސް ލިބުނު ބަޔަކަށް ފްލެޓް ދިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު 315 މީހަކަށް އުސޫލާ ޚިލާފަށް ފްލެޓް ދީފައިވާތީ އެވެ.

ހައުސިން މިނިސްޓްރީން އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލުކުރުމުގެ މަސައްކަތަށް، ފްލެޓް ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހިއްސާކުރަމުންދަނިކޮށް، މި މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން އިޢުލާންކުރި އުސޫލުގައިވާ ގޮތުން، ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެންޖެހެނީ 76 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބުނު ފަރާތްތަކަށެވެ. އަދި އެ ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭގޮތަށް އޮތީ ހަމަޖެހިފަ އެވެ.

މި މައްސަލައާ ގުޅިގެން އެފްޑީސީން ވަނީ މައްސަލަ ހުރި ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުން މެދުކަނޑާލާފަ އެވެ. އެހެން ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްދާ ކަމަށް އެފްޑީސީން ބުނެ އެވެ.

މި މައްސަލަ ތަޙްޤީޤުކޮށްދިނުމަށް ހައުސިން މިނިސްޓްރީން ވަނީ އޭސީސީގައި އެދިފަ އެވެ. މިނިސްޓްރީން ބުނާ ގޮތުގައި މި މައްސަލައިގައި ވަކި ބަޔަކަށް ފައިދާ އަދި އަނެއް ބަޔަކަށް ގެއްލުން ލިބޭގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

ހައުސިން މިނިސްޓްރީން އޮގަސްޓް 4 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، 2023 ނޮވެމްބަރު 16 ވަނަ ދުވަހު ބޭއްވުނު ގުރުއަތުލުމުގައި 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ކަނޑައެޅުމުގައި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.

މައިގަނޑު މައްސަލަތައް:

  • 76 އަށްވުރެ މަތިން މާކްސް ލިބި ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރުން
  • 76 އަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑަނޭޅި، 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑައަޅާފައިވުން

މި މައްސަލަ ޙައްލުކުރުމަށްޓަކައި، 76 އަށްވުރެ މަތިން މާކްސް ލިބުނު ހުރިހާ ފަރާތްތަކަށް ފުރަތަމަ ފްލެޓް ކަނޑައެޅުމަށްފަހު، 75 މާކްސް ލިބުނު ފަރާތްތަކުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަހި ދިރިއުޅުން ކޯޕަރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ