75 އިން ދަށުން މާކްސް ލިބުނު މީހުންނަށް ފްލެޓް ލިބޭނީ އެހެން ފަރާތްތަކަށް ދިނުމަށްފަހު: ހައުސިން މިނިސްޓްރީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ފްލެޓް ޙަވާލުކުރުމުގެ މަސައްކަތުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް އަލުން މުރާޖަޢާކުރަން ޖެހިއްޖެ އެވެ.

މިނިސްޓްރީ އޮފް ހައުސިންގ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، 2023 ނޮވެމްބަރު 16 ވަނަ ދުވަހު ބޭއްވުނު ގުރުއަތުލުމުގައި 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ކަނޑައެޅުމުގައި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.

މައިގަނޑު މައްސަލަތައް:

  • 76 އަށްވުރެ މަތިން މާކްސް ލިބި ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރުން
  • 76 އަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑަނޭޅި، 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑައަޅާފައިވުން

މި މައްސަލަ ޙައްލުކުރުމަށްޓަކައި، 76 އަށްވުރެ މަތިން މާކްސް ލިބުނު ހުރިހާ ފަރާތްތަކަށް ފުރަތަމަ ފްލެޓް ކަނޑައެޅުމަށްފަހު، 75 މާކްސް ލިބުނު ފަރާތްތަކުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި، ފްލެޓް ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަނާ ޙިއްސާކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި މި މައްސަލަ ޙައްލުކުރުމަށްފަހު، ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަހި ދިރިއުޅުން ކޯޕަރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ