އަބްދުއްރަހްމާން ނިޔާވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓު

Advertisement

Advertisement

އެންމެ ފަސް

Advertisement

އއ. މާޅޮހުގައި ޒަހަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާން އާދަމް މަރުވެފައިވަނީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ދައްކައިފި އެވެ.

އއ. މާޅޮހު އަބްދުއްރަހްމާން އާދަމްއަށް ހަމަލާދީފައި އޮށްވާ އޭނާގެ ގެއިން ފެނިފައިވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު އެވެ. އޭނާއަށް ދީފައިވާ ބޮޑެތި އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އެރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އަބްދުއްރަހްމާން ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިގެން އޮޓޮޕްސީ ހަދާފައިވާއިރު، ފުލުހުން މިއަދު ބުނެފައިވަނީ އަބްދުއްރަހްމާން ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހްމާން މަރާލިތާ 18 ދުވަސް ވެފައިވާއިރު، މި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.

”މި މައްސަަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވޭ.“ ފުލުހުން ބުނެފައިވެ އެވެ.

ރަހުމުކުޑަ އަނިޔާތަކެއްދީ މަރާލާފައިވާ އޮއްވާ ފެނުނު އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނެސް ފުލުހުންވަނީ ހަށިގަނޑުންވެސް ސާމްޕަލްތަކެއް ނަގާފަ އެވެ. އޮޓޮޕްސީ ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސް ވަޅުލާފައިވަނީ ޖުލައި 24 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި މީގެކުރިން ފުލުހުން ވަނީ އަބްދުއްރަހްމާންގެ ގެކައިރި ސަރަހައްދެއް ބަލާފަ އެވެ. އަދި އޭނާގެ އަންހެނުންގެ ފޯނު ހިފެހެއްީކަންވެސް ހާމަކުރި އެވެ. ނަމަވެސް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފަހުން ވަނީ ފޯނު ދޫކޮށްލާފަ އެވެ.

އަބްދުއްރަހްމާންގެ މަރު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ