ރޭޕް އެވިޑެންސް ކިޓް ހުރީ ރާއްޖޭގެ އެންމެ 2 ހޮސްޕިޓަލުގައި: އެފްޕީއޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖިންސީ ގޯނާގެ މައްސަލަތަކުގައި އަނިޔާލިބޭ މީހާގެ ހަށިގަނޑުން ހެއްކާއި ގަރީނާ ނެގުމަށް އަދި ޑޮކަޓަރުންގެ ބެލުންތައް ބެލުމަށް ބޭނުންކުރާ ރޭޕް އެވިޑެންސް ކިޓް ހުރީ ރާއްޖޭގެ އެންމެ ދެ ހޮސްޕިޓަލެއްގައި ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައީޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްޕީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު އައިމިނަތު ޝިރާނީ ނައީމް ވިދާޅުވީ، ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން ރޭޕް އެވިޑެންސް ކިޓް ހުރީ އެންމެ ދެ ހޮސްޕިޓަލުގައި ކަމަށާއި އެއީ ހުޅުމާލެ ހޮސްޕިޓަލާއި ކުޅުދުއްފުށި ހޮސްޕިޓަލް ކަމަށެވެ.

އެފްޕިއޭއިން މޮނިޓާ ކުރި ރާއްޖޭގެ 193 ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުތަކުގެ ތެރެއިން ވިކްޓިމް އެންޑް ޓްރޯމާއިން ތަމުރީނު ހޯދާފައިހުރީ އެންމެ ސިއްހީ ހިދުމަތްތެރިއެއް ކަމަށްވެސް ޝިރާނީ ނައީމް ފާހަގަކުރެއްވި އެވެ. އެ މުވައްޒަފަކީވެސް ކުޅުދުއްފުށި ހޮސްޕިޓަލުގައި މަސައްކަތްކުރާ ފަރާތެއްކަން ފާހަގަކޮށް އޭނާ ވިދާޅުވި އެ މުވައްފަޒު ތަމުރީނު ހާސިލުކުރީވެސް އަމިއްލައަށް ކަމަށެވެ.

މިކަމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވާ ޝިރާނީ ނައީމް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ރޭޕް އެވިޑެންސް ކިޓް ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ވިކްޓިމް އެންޑް ޓްރޯމާއިން ތަމުރީނު ދެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިކަން ފާހަގަކުރެއްވި އެވެ.

ޖިންސީ ކުށުގެ ޤާނޫނުގައި ބުނެފައިވަނީ، ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށާއި ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމް ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަނަކުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލްތައް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. މީގެއިތުރުން މި ޤާނޫނުގައި އިތުރަށް ބުނެފައިވަނީ، ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ސިއްހީ އެހީތެރިއެއް ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ސިއްހީ މަރުކަޒެއްގައާއި ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ހޮސްޕިޓަލެއްގައި ހުންނަންވާނެ ކަމަށެވެ. އަދި އެފަރާތްތަކަކީ ”ވިކްޓިމް ސެންޓަރޑް އަދި ޓްރައުމާ އިންފޯމްޑް“ ނަޒަރިއްޔާތުގެ ތަމްރީނުވެސް ލިބިފައިވާ ފަރާތްތަކަކަށްވާންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ