ނ. މަގޫދޫގެ 3 މަޝްރޫއެއްގައި ސެޕްޓެމްބަރު މަހު ސޮއިކުރެވޭނެ: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. މަގޫދޫގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ތިން މަޝްރޫއުއެއްގައި އަންނަ ސެޕްޓެމްބަރު މަހު ސޮއި ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން. ނ. މަގޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެ ރަށުގެ ރައްޔިތުންނަށް ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި، އެ ރަށަށް މިފަހަރު ވަޑައިގަތީ އެ މަސައްކަތްތައް ކުރިއަށްދާގޮތް އަދި ކުރިއަށްގެންދިއުމަށް ނިންމާފައިވާގޮތް ރައްޔިތުންނަށް ހިއްސާކޮށްލުމަށް ކަމަށެވެ.

އެގޮތުން މަގޫދޫގައި ފެނާނަރުދަމާގެ މަސައްކަތް ހުއްޓިފައިއޮތްކަން ފާހަގަކޮށް ރައިސް ވިދާޅުވީ އެ މަސައްކަތް މިހާރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެމްޑަބްލިއުއެސްސީން ތަކެތީ ހޯދައިގެން އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަލަށް ފަށަން ހުރި މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ރައިސް މުއިއްޒު ވިދާޅުވީ، މަގޫދޫގެ ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް ޓެންޑާ މަރުހަލާގައި އިއުލާނުކޮށް މިހާރު ބިޑްތައް ބަލައިގަނެފައިވާ ކަމަށެވެ. އެ މަސައްކަތުގައި މިވަގުތު ކުރިއަށްދަނީ ބިޑުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކަމަށާއި އަދި އޭގެފަހުން އެ މަޝްރޫއު ބަޔަކާ ހަވާލުކޮށް ސޮއިކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މަގޫދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާ ރައިސް ވިދާލުވީ، ސެޕްޓެމްބަރުގައި ސޮއިކުރާ މަޝްރޫތަކުގެ ތެރޭގައި މަގޫދޫ ސްކޫލް މަޝްރޫއު ހިމެނޭ ކަމަށެވެ. އެގޮތުން ކްލާސްރޫމްތައް، ލައިބްރަރީ އަދި ސްޓާފުންނަށް ބޭނުންވާ ޖާގަ އަދި ހޯލް ހިމެނޭގޮތަށް އެކަށީގެންވާ އިމާރާތެއް މީގެތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ސެޕްޓެމްބަރު މަހު މަގޫދޫ ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތުގައިވެސް ސޮއިކުރެވޭނެކަން ރައިސް ފާހަގަކުރެއްވި އެވެ.

މަގޫދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ މަހު ސޮއިކުރެވޭނެކަމަށާއި، އެ މަޝްރޫއުގައި ސޮއިކުރާއިރު މޫދަށް އެރޭ ސަރަހައްދެއްވެސް ޑިޒައިންކޮށް ހިމެނޭގޮތަށް ހިމަނާނެ ކަމަށް ވިދާޅުވި އެވެ.

ނ. މަގޫދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ