މަޖިލީހުން ރުހުން ދިނުމުން ނިއުމާތަށް އިތުރު 5 އަހަރު ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު އިތުރު 5 އަހަރު ދުވަހަށް މިއަދު އިތުރުކުރައްވައިފި އެވެ.

މި އިތުރުކުރެއްވުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ކުރެވުނު އިތުރުކުރުމެކެވެ.

ނިޢުމާތު ޝަފީޤު މި މަޤާމަށް ފުރަތަމަ އައްޔަންކުރެވިފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކުގަ އެވެ. އޭނާގެ ފުރަތަމަ ދައުރު ހަމަވާން ކައިރިވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު 5 އަހަރުގެ ދައުރަކަށް އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މި މައްސަލަ ދިރާސާކުރެއްވުމަށްފަހު ތައްޔާރުކުރެއްވި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާޤުން ވަނީ ނިޢުމާތުގެ މަޤާމުގެ މުއްދަތު އިތުރުކުރުމަށް ފާސްކުރައްވާފަ އެވެ.

ނިޢުމާތު ޝަފީޤަކީ ތަޢުލީމީ ގޮތުން ޤާބިލު ބޭފުޅެއް ކަން ފާހަގަކުރެވެ އެވެ. އޭނާ ވަނީ އިންޓަނޭޝަނަލް މާސްޓަރ އިން އަރލީ ޗައިލްޑްހުޑް އާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލަރ އޮފް އަރލީ ޗައިލްޑްހުޑް ހާސިލުކުރައްވާފަ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މިނިވަން އަދި މުސްތަޤިއްލު މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ