ފަތުވާ ކޮމިޓީގެ ނިންމުމަށް އިހުތިރާމް ކުރާނަން، ބާސްކެޓް ކޯޓެއް ނާޅާނަން: މޭޔަރު އާޒިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަތުވާ ކޮމިޓީން ނެރެފައިވާ ފަތުވާއަށް އިހުތިރާމްކޮށް މާފަންނު މައިޒާނުގައި ބާސްކެޓް ކޯޓު ނޭޅުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު އާޒިމް މިހެން ވިދާޅުވީ ޖަވިޔަނި ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އާޒިމް ވިދާޅުވީ ފަތުވާ ކޮމިޓީން ފަތުވާ ނެރުމުން ސިޓީ ކައުންސިލުގެ ވިސްނުން ހުރީ ފަތުވާ ކޮމިޓީގެ ފަތުވާއާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ.

އެހެންވީމާ އަޅުގަނޑުމެން މިތަން ގްރީން އޭރިއާއެއްގެ ގޮތުގައި ބާއްވާނީ. ދެން ޕާކިންއާ ގްރީން އޭރިއާއެއް މިތާ އޮންނާނީ. އެހެންވީމާ ކުރިން ބާސްކެޓް ކޯޓެއް މިތަނަށްލާން ނިންމި ނިންމުން އަޅުގަނޑުމެން މިހާރު ބަދަލެއް ގެންނަން ވިސްނާފަ އޮތީ.

މޭޔަރު ވިދާޅުވީ ކުޅިވަރު ކުޅޭ ތަންތަނެއް މާފަންނު މައިޒާނުގައި ދެން ނުހުންނާނެ ކަމަށެވެ. އަދި ދީނުގައި އޮންނަ ގޮތަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

މާފަންނު މައިޒާނުގައި ބޮޑަށް ޖާގަ ބޭނުން ކުރާނީ ޕާކިން އޭރިއާއެއްގެ ގޮތުގައިކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެ ސަރަހައްދުގައި ކުދި ކުދި ގޯޅިތައް ހުރިކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ އެ ގޯޅިތަކުގައި ސައިކަލު ޕާކު ކުރާ ފަރާތްތަކަށް މާފަންނު މައިޒާނުގައި ހަދާ ޕާކީން އޭރިއާގައި ޕާކު ކުރެވޭނެ ކަމަށެވެ.

މާފަންނު މައިޒާނަކީ މާފަންނު ސަހަރާ ސާފު ކުރުމަށްފަހު އެ ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރަމުންދާ ތަނެކެވެ. އެތަނުގައި އެންމެ ފުރަތަމަ ނިންމާފައިވަނީ ގްރީން އޭރިއާއަކާއި ޕާކިން އޭރިއާއެއްގެ އިތުރުން ބާސްކެޓް ކޯޓެއް އެޅުމަށެވެ. ނަމަވެސް ފަތުވާ މަޖިލީހުން ވަނީ އެކަމާ ދެކޮޅަށް ފަތުވާއެއް ނެރެފަ އެވެ.

އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ